Showing posts with label R. Show all posts
Showing posts with label R. Show all posts

ހއ. އިހަފަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވި މައްސަލައިގެ ތަހްޤީޤީ ރިޕޯޓް

ތައާރަފް :

2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްތަކުގެ ފަޅުވަނީ ވަރަށްބޮޑަށް ގެއްލުންވެ ހަލާކުވެފައެވެ. އެގޮތުން ހއ. އިހަފަރުގެ ފަޅަކީވެސް ސުނާމީ ކާރިސާގައި ގެއްލުންވެފައިވާ ފަޅެކެވެ. އެރަށުގެ ފަޅު މަރާމާތުކުރުމަށް ސަޢުދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފަޅުމަރާމާތު ކުރަމުންދާ ގޮތާއިމެދު ހިތްހަމަނުޖެހިގެން އެރަށުގެ ރައްޔިތުން ނުކުމެ، ވަނީ އެމަސައްކަތް ހުއްޓުވާފައެވެ. އެގޮތުން މިރިޕޯޓަކީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން މިމައްސަލަ ހިނގައިދިޔަގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓުގައި އެކުލެވިގެންވާނީ ފަޅުހެދުމަށް ކުރެވިފައިހުރި މަސައްކަތާއި، ކަން ހިނގައިދިޔަ ގޮތާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ބަހާއި، މައްސަލައިގެ ހައްލެވެ. މިރިޕޯޓަށް މަޢުލޫމާތު ނެގިފައި މިވަނީ އިހަފަރުގެ ރަށުކައުންސިލުންނާއި އެރަށުގެ ރައްޔިތުންނާއި ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނީގެ ފަރާތުން ނެވެ.