އާދަނަކީ އާދައިގެ
ދިރިއުޅުމެއް އުޅެމުންދާ ވަރަށް "ސީރިއަސް" މިޒާޖެއްގެ މީހެކެވެ. އާދަނު
ފަތީލާއާއި ކައިވެނިކޮށްގެން އުޅޭތާ ދިހައަހަރު ވެފައިވާއިރު ދެކުދިން ތިބެއެވެ. އާދަނަކީ
ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި މީހެކެވެ. މިހާރު ކުރިއަށްދަނީ
ރަމަޟާންމަސް ކަމަށްވާތީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމަކީ އާދަނު އެންމެ ބޮޑު
އިސްކަމެއްދީގެން ކުރިއަށްގެންދާ ދެކަންތަކެވެ. އަނބިމީހާއާއި ދަރިންނަށްވެސް
އަޅުކަންތައް ގިނަގިނައިން ކުރުމަށް އާދަނު، ބުނެދީ ހަދައެވެ. އެހެންކަމުން
އާދަނުގެ ދެކުދިންނަކީވެސް ރަނގަޅު އަޚުލާޤުން ތަރުބިއްޔަތުވެފައިވާ ދެކުދިންނެވެ.
Showing posts with label U. Show all posts
Showing posts with label U. Show all posts
ހިންގުންތެރި މުދައްރިސެއް
ހއ.އިހަވަންދޫ އާހިޔާ
އަލްފާޟިލް އަޙުމަދު ރަޝީދަކީ ހއ.އިހަވަންދޫ ނެދުންގޭ އަލްމަރުޙޫމާ ޖަމީލާ
އާދަމާއި ހއ.ހޯރަފުށީ އަލަނާސިގޭ އަލްމަރުޙޫމް މުހަންމަދު ޔޫސުފުގެ ހުރިހަމައެކަނި
ފިރިހެންދަރިފުޅެވެ. އަލްފާޟިލް އަހުމަދު ރަޝީދު އުފަންވެފައިވަނީ 1974 ފެބުރުއަރީ
2 ގައެވެ. އަލްފާޟިލް އަހުމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ތިން އަންހެން
ކޮއްކޮއިންނާއި ތިން ދައްތައިން ތިއްބަވައެވެ. އެގޮތުން އަލްފާޟިލް އަހުމަދު
ރަޝީދު ނިސްބަތްވަނީ އަލިބެ އާއިލާއަށް ކަމުގައި ވެއެވެ. އިހަވަންދޫގެ
ރަތްޔިތުންނަށް އަލްފާޟިލް އަހުމަދު ރަޝީދު މަޝްހޫރުވެފައިވަނީ ދޮންބެގެ
ނަމުންނެވެ.
Subscribe to:
Posts
(
Atom
)
