އަދުގެ ދިވެހިރާއްޖޭގެ
ޙާލާދޭތެރޭ ނަޒަރު ހިންގާލުމުން ފެނިގެންދަނީ ވަރަށްވެސް ބިރުވެތި އެހާމެ
ހިތާމަހުރި މަންޒަރެކެވެ. މުޖުތަމަޢުން ފެނިގެންދަނީ ތަފާތު ވައްތަރުތަކުގެ
ޖަރީމާތަކާއި ބޮޑެތި ކުށްކުރާތަނެވެ. މީގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި،
ފޭރުމާއި، ވައްކަންކުރުމާއި، މީހުން މެރުމާ އަދި މިނޫނަސް އެތައް ޖަރީމާތަކެކެވެ.
ފާހަގަކޮށްލަންޖެހެނީ މިކަންކަމުގައި މުޅީންވެސް އުޅެނީ ޒުވާނުންކަމެވެ. މިގޮތަށް
ކަންތައް ދިމާވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަރީން ހެޔޮގޮތުގައި
ތަރުބިއްޔަތުނުވެ މުޖުތަމަޢަށް ނުކުތުމެވެ. މިގޮތުން މިކަން ރަނގަޅު
ކުރުމަށްޓަކައި މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމީ
ގިއުގަނޑުގެތެރެއިން ޢަމަލުކުރަންޖެހެއެވެ. ދަރިންނަށް ދަސްވާނީ ޅަފަތުގައި
ދަސްކޮށްދިން އެއްޗެކެވެ. އަދި މައިންބަފައިންނަކީ ނަމޫނާ ބަޔަކަށް ވުމުގެއިތުރުން
ތަރުބިއްޔަތު ދިނުމުގައި އިހުމާލުވާގޮތްތައް ނައްތާލަންޖެހެއެވެ.
އަޞްލުގައިވެސް
ބަހަށްނެތް ލޯބި ޤައުމަށް ކުރުމަކީވެސް ނޭކަށޭނަކަމެއް
މަލެއްނެތްނަމަ ފޮޅެންފަރިވާ ގަހަށް ފިނިފެންމަލުގެ ތިރިވާ
ވަލެއްގައިވެސް ކޮކާ މާބުރު އައިސްއުޅުމީ ނުވާނެކަމެއް
ބަލާލާއިރު ލިލީމަލަކާއި ތަފާތުނުވާ
އެހެން މާތައް
ހަލާކެއްނެތި ފޮޅުނު ނަމަވެސް ވަހެއްގާ ވޭހެ މީރުކަމެއް
ގުރުޑުފިޔަ ހޯދަނީވިއްޔާ ފެނޭ ފިނިފެންމަލުން އަދިވެސް
ދުރުން ދާއިރު ނުވިސްނޭހޭ ޢަބީރެއް އޭގެ ވާނެކަމެއް
ގަހުން އަލަ ކެޔޮ ނިރެއް ޖެހުމީ އެއަށް ފެންދީ ހަދާ އުޅުނަސް
ފަހުން ޤަރުނެއްވެ މަރުވެ ދިޔަސް އެއީ އަމުދުން ނުވާނެކަމެއް
(ރީތިޅެން:9 – ޔޫސުފު އަލިފުޅު)
ހިތްމަތާއި މިންނަތްކުރޭ
އަންނަ މަތިވެރި ތިޔަ ޚިޔާލަށް ހިތްމަތާ މިންނަތްކުރޭ!
ކަންތަކަށް ލަސްނުވެ އެކުން ހަރަކާތްތެރިވެ ފިކުރެއްކުރޭ!
ރޫޙު ނެތިގެން ގެއްލިފައި މުޅިދިރިއުޅުން ހީނަރުކުރަން
ނޫޅެތިޔަހެން ޢަޒުމް ޢަމަލީ ޒާރުގައި
ސާބިތުކުރޭ!
ނޫރު ކެނޑިގެން ހިތުގެ ދާހިނދު
ވިސްނުމެއް ފިކުރެއްނުކޮށް
ހޫރުމަށްވުރެ ލާޒިމީ ރޫޙެއް
ގެނައުމޭ ހަމަދިރޭ!
ރީތި ކުދިކުދި ފިޔަޖަހާ
ނަލަތަރިތަކާ ގުޅުވާލަމުން
ރީތި ފުރިހަމަ ޤުދުރަތީ އެކިމަންޒަރުން
ހިތްފަރިކުރޭ!
ކޮންމެފަދަ ގިލަނެއް ޖެހުނު
ނަމަވެސް އެއަށް ކެތްކޮށް ނިކަން
ކޮންމެ ފުން
ކަނޑަކުންވިޔަސް ރޫޙަށް ޣިޛާ ހޯދަން އެރޭ!
(ރީތިޅެން:8 – އާމިނަތު ފާއިޒާ)
ދިވެހި ދަރިއެއްގެ ޢަޒުމެއް
ދިނިގެން މުޅިން ހިނގޭނެހާ މަގުތައް އަލުން
ކޮށާނަމޭ
މިނިވަންކަމުގެ އުހަލާއެކީ ބާޣުގެ
އެތަންމިތަނުން އިވޭ
ފިނިފިނި އެތައް އާރާގަކުން ރޫޙަށް ދިރުން
ގެނުވާނަމޭ
ހިނިތުންވެގެން ހުރިހާ އަޚުން
ނަލަކަންމަތީ މިހިނގާ ދުވަހު
މިނިވަންކަމާއި މެދަށް ޚިޔާލު ހިންގަންފަށަން
ގޮވާނަމޭ
ފިނިފިނި ނަސީމުގެ ރޯޅިތައް
ތާޒާކުރާ ޚިޔާލަކުން
މިނިވަންކަމުގެ ފުންމަޢުނައަށް ދުރުމީއަޅަން
ފަށާނަމޭ
މިނިވަންކަމުގެ މަތިވެރި ނަމުން
ލިބުނަސް ނަމެއް ސިޔާސަތުން
މިނިވަންކަމުގެ
ޙަޤީޤަތީ ކެރިފޯރުމޭ ގޮވާނަމޭ
(ރީތިޅެން:7 – މުޙަންމަދު އަމީން)
ހއ. އިހަފަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވި މައްސަލައިގެ ތަހްޤީޤީ ރިޕޯޓް
2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް
ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްތަކުގެ ފަޅުވަނީ ވަރަށްބޮޑަށް ގެއްލުންވެ
ހަލާކުވެފައެވެ. އެގޮތުން ހއ. އިހަފަރުގެ ފަޅަކީވެސް ސުނާމީ ކާރިސާގައި
ގެއްލުންވެފައިވާ ފަޅެކެވެ. އެރަށުގެ ފަޅު މަރާމާތުކުރުމަށް ސަޢުދީ ސަރުކާރުން
އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފަޅުމަރާމާތު ކުރަމުންދާ ގޮތާއިމެދު
ހިތްހަމަނުޖެހިގެން އެރަށުގެ ރައްޔިތުން ނުކުމެ، ވަނީ އެމަސައްކަތް
ހުއްޓުވާފައެވެ. އެގޮތުން މިރިޕޯޓަކީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން
މިމައްސަލަ ހިނގައިދިޔަގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓުގައި އެކުލެވިގެންވާނީ
ފަޅުހެދުމަށް ކުރެވިފައިހުރި މަސައްކަތާއި، ކަން ހިނގައިދިޔަ ގޮތާއި، މިކަމުގައި ޝާމިލުވާ
ފަރާތްތަކުގެ ބަހާއި، މައްސަލައިގެ ހައްލެވެ. މިރިޕޯޓަށް މަޢުލޫމާތު ނެގިފައި
މިވަނީ އިހަފަރުގެ ރަށުކައުންސިލުންނާއި އެރަށުގެ ރައްޔިތުންނާއި ފަޅު މަރާމާތު
ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނީގެ ފަރާތުން ނެވެ.
ސަމާސާ އަދަބުގެ ތެރެއިން: ކިރިޔާ ކުރެވުނު މަޣުރިބް ނަމާދު
އާދަނަކީ އާދައިގެ
ދިރިއުޅުމެއް އުޅެމުންދާ ވަރަށް "ސީރިއަސް" މިޒާޖެއްގެ މީހެކެވެ. އާދަނު
ފަތީލާއާއި ކައިވެނިކޮށްގެން އުޅޭތާ ދިހައަހަރު ވެފައިވާއިރު ދެކުދިން ތިބެއެވެ. އާދަނަކީ
ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި މީހެކެވެ. މިހާރު ކުރިއަށްދަނީ
ރަމަޟާންމަސް ކަމަށްވާތީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމަކީ އާދަނު އެންމެ ބޮޑު
އިސްކަމެއްދީގެން ކުރިއަށްގެންދާ ދެކަންތަކެވެ. އަނބިމީހާއާއި ދަރިންނަށްވެސް
އަޅުކަންތައް ގިނަގިނައިން ކުރުމަށް އާދަނު، ބުނެދީ ހަދައެވެ. އެހެންކަމުން
އާދަނުގެ ދެކުދިންނަކީވެސް ރަނގަޅު އަޚުލާޤުން ތަރުބިއްޔަތުވެފައިވާ ދެކުދިންނެވެ.
މަތީސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ކުރާނެފައިދާ
Subscribe to:
Posts
(
Atom
)





