2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް
ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ބައެއް ރަށްތަކުގެ ފަޅުވަނީ ވަރަށްބޮޑަށް ގެއްލުންވެ
ހަލާކުވެފައެވެ. އެގޮތުން ހއ. އިހަފަރުގެ ފަޅަކީވެސް ސުނާމީ ކާރިސާގައި
ގެއްލުންވެފައިވާ ފަޅެކެވެ. އެރަށުގެ ފަޅު މަރާމާތުކުރުމަށް ސަޢުދީ ސަރުކާރުން
އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފަޅުމަރާމާތު ކުރަމުންދާ ގޮތާއިމެދު
ހިތްހަމަނުޖެހިގެން އެރަށުގެ ރައްޔިތުން ނުކުމެ، ވަނީ އެމަސައްކަތް
ހުއްޓުވާފައެވެ. އެގޮތުން މިރިޕޯޓަކީ މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން
މިމައްސަލަ ހިނގައިދިޔަގޮތް ބެލުމަށްފަހު ލިޔާ ރިޕޯޓެކެވެ. މިރިޕޯޓުގައި އެކުލެވިގެންވާނީ
ފަޅުހެދުމަށް ކުރެވިފައިހުރި މަސައްކަތާއި، ކަން ހިނގައިދިޔަ ގޮތާއި، މިކަމުގައި ޝާމިލުވާ
ފަރާތްތަކުގެ ބަހާއި، މައްސަލައިގެ ހައްލެވެ. މިރިޕޯޓަށް މަޢުލޫމާތު ނެގިފައި
މިވަނީ އިހަފަރުގެ ރަށުކައުންސިލުންނާއި އެރަށުގެ ރައްޔިތުންނާއި ފަޅު މަރާމާތު
ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނީގެ ފަރާތުން ނެވެ.
ސަމާސާ އަދަބުގެ ތެރެއިން: ކިރިޔާ ކުރެވުނު މަޣުރިބް ނަމާދު
އާދަނަކީ އާދައިގެ
ދިރިއުޅުމެއް އުޅެމުންދާ ވަރަށް "ސީރިއަސް" މިޒާޖެއްގެ މީހެކެވެ. އާދަނު
ފަތީލާއާއި ކައިވެނިކޮށްގެން އުޅޭތާ ދިހައަހަރު ވެފައިވާއިރު ދެކުދިން ތިބެއެވެ. އާދަނަކީ
ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި މީހެކެވެ. މިހާރު ކުރިއަށްދަނީ
ރަމަޟާންމަސް ކަމަށްވާތީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމަކީ އާދަނު އެންމެ ބޮޑު
އިސްކަމެއްދީގެން ކުރިއަށްގެންދާ ދެކަންތަކެވެ. އަނބިމީހާއާއި ދަރިންނަށްވެސް
އަޅުކަންތައް ގިނަގިނައިން ކުރުމަށް އާދަނު، ބުނެދީ ހަދައެވެ. އެހެންކަމުން
އާދަނުގެ ދެކުދިންނަކީވެސް ރަނގަޅު އަޚުލާޤުން ތަރުބިއްޔަތުވެފައިވާ ދެކުދިންނެވެ.
މަތީސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ކުރާނެފައިދާ
ރައިވަރުގެ ދޭހަވާ މާނަ
ދޫ ލިބުމުން ތުޅާ (ތުޅާދޫ
ލިބުމުން)
ދޫވާށިތޯ ފަހެ ކިހާ (ފަހެ ކިހާދޫ
ވާށިތޯ)
ދޫމިލްކު ނުވިޔަސް ހިތާ (ހިތާދޫ މިލްކުނުވިޔަސް)
ދޫނި ދޫވެސް ނެތީމާ (ދޫނިދޫވެސް
ނެތީމާ)
ދޫ ގޮއިގޮޔާ އުޅޭހިރުނު (ގޮއިދޫ ގޮޔާ
ނުރުހިއުޅޭ)
ދޫމަތި މީހުތާހިރުނު (ދޫމަތި
ނުތާހިރު މީހުން)
ރައިވަރުގެ ޝަރަޙަ
މީގޮނަށް ވުމުން ގެރި (ގެރި
މީގޮނަށް ވުމުން)
މީހުވެތިފައި ހުތުރުވެރި (ރިވެތި
މީހުން ހުތުރުވެފައި)
މީމަބުނިދޭ ފިސާތެރި
(މީމަބުނިފިސާރިތެދޭ)
މީދަލެއް ބުޅަލަށް ނުމެރި (ބުޅަލަށް
މީދަލެއް ނުމެރި)
މީރަކު އަނާނެޔޭ ނުފެން (އަމީރަކު ނުފެންނާނެޔޭ)
މީރު ލޮނު ޒަމާނުފެން (މީރުފެން
ލޮނުޒަމާން) (ކަންޒުން އަދަބު) ލަކުޑިފޮތް،21ވަނަރައިވަރުހިންގުންތެރި މުދައްރިސެއް
ހއ.އިހަވަންދޫ އާހިޔާ
އަލްފާޟިލް އަޙުމަދު ރަޝީދަކީ ހއ.އިހަވަންދޫ ނެދުންގޭ އަލްމަރުޙޫމާ ޖަމީލާ
އާދަމާއި ހއ.ހޯރަފުށީ އަލަނާސިގޭ އަލްމަރުޙޫމް މުހަންމަދު ޔޫސުފުގެ ހުރިހަމައެކަނި
ފިރިހެންދަރިފުޅެވެ. އަލްފާޟިލް އަހުމަދު ރަޝީދު އުފަންވެފައިވަނީ 1974 ފެބުރުއަރީ
2 ގައެވެ. އަލްފާޟިލް އަހުމަދު ރަޝީދުގެ އެއްބަނޑު އެއްބަފާ ތިން އަންހެން
ކޮއްކޮއިންނާއި ތިން ދައްތައިން ތިއްބަވައެވެ. އެގޮތުން އަލްފާޟިލް އަހުމަދު
ރަޝީދު ނިސްބަތްވަނީ އަލިބެ އާއިލާއަށް ކަމުގައި ވެއެވެ. އިހަވަންދޫގެ
ރަތްޔިތުންނަށް އަލްފާޟިލް އަހުމަދު ރަޝީދު މަޝްހޫރުވެފައިވަނީ ދޮންބެގެ
ނަމުންނެވެ.
ރަށު ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް
ރަށެއްގައި ކައުންސިލުގެ އިދާރާއެއް ނެތިދިޔުމަކީ ނާދިރުކަމެކެވެ. ކައުންސިލުގެ
އިދާރާއެއް ހުރުމުގެ މަޤުޞަދަކީ ރައްޔިތުންނާއި ރަށަށް ޚިދުމަތްތަކެއް
ކޮށްދިނުމެވެ. އެގޮތުން އަޅުގަނޑަށް ކައުންސިލުގެ ރައީސްކަން ލިބިއްޖެނަމަ
އަޅުގަނޑަށް ވީވަރަކުން ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ލާބައައި މަންފާ
ލިބިދޭ ހުރިހާކަމެއް ކޮށްދޭނަމެވެ. އޭގެތެރޭގައި ރައްޔިތުންގެ ޝަކުވާތައް
އަޑުއަހާނެ ކޮމިޓީއެއް އުފެއްދުމާއި، އިންޓަނެޓުގެ ޚިދުމަތް ފުޅާކޮށްދިނުމާއި،
ރަށްސާފުކުރުމާއި ރަށް ކުރިއެރުވުމުގެ މަސައްކަތް ހަރުދަނާކުރުމާއެކު ޤަވާއިދާ
ޚިލާފުވާ ފަރާތްތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަމެވެ.
Subscribe to:
Posts
(
Atom
)


