އަދުގެ ދިވެހިރާއްޖޭގެ
ޙާލާދޭތެރޭ ނަޒަރު ހިންގާލުމުން ފެނިގެންދަނީ ވަރަށްވެސް ބިރުވެތި އެހާމެ
ހިތާމަހުރި މަންޒަރެކެވެ. މުޖުތަމަޢުން ފެނިގެންދަނީ ތަފާތު ވައްތަރުތަކުގެ
ޖަރީމާތަކާއި ބޮޑެތި ކުށްކުރާތަނެވެ. މީގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި،
ފޭރުމާއި، ވައްކަންކުރުމާއި، މީހުން މެރުމާ އަދި މިނޫނަސް އެތައް ޖަރީމާތަކެކެވެ.
ފާހަގަކޮށްލަންޖެހެނީ މިކަންކަމުގައި މުޅީންވެސް އުޅެނީ ޒުވާނުންކަމެވެ. މިގޮތަށް
ކަންތައް ދިމާވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަރީން ހެޔޮގޮތުގައި
ތަރުބިއްޔަތުނުވެ މުޖުތަމަޢަށް ނުކުތުމެވެ. މިގޮތުން މިކަން ރަނގަޅު
ކުރުމަށްޓަކައި މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމީ
ގިއުގަނޑުގެތެރެއިން ޢަމަލުކުރަންޖެހެއެވެ. ދަރިންނަށް ދަސްވާނީ ޅަފަތުގައި
ދަސްކޮށްދިން އެއްޗެކެވެ. އަދި މައިންބަފައިންނަކީ ނަމޫނާ ބަޔަކަށް ވުމުގެއިތުރުން
ތަރުބިއްޔަތު ދިނުމުގައި އިހުމާލުވާގޮތްތައް ނައްތާލަންޖެހެއެވެ.
ރާއްޖޭގެ
މިހާރުގެ ޙާލަތު ރަނގަޅުކުރެވޭނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު
ކުރެވިގެންނެވެ. ކޮންމެ މީހަކަށްވެސް ބޮޑުވީމާ އުޅެވޭނީ އެމީހެއްގެ ޅަފަތުގައި އެމީހަކަށް
ލިބިފައިވާ ތަރުބިއްޔަތެއްގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، ޅަފަތުގެ
ތަޢުލީމު އުނގަންނައިދޭ މައިންބަފައިން ގޯސްގޮތްތަށް ދަރިންނަށް ދަސްކޮށްދޭނަމަ
އެކަމުގެ ހިތިނަތީޖާއަކީ އެކުއްޖަކު ފުރާފުރިހަމަވެ މުޖުތަމަޢަށް
ލޯހުޅުވިގެންދާވަގުތު ނުބައިމަގު އިޚްތިޔާރު ކުރެވުމެވެ. މިހެންވުމުގެ ސަބަބުން
އެއްކަލަ ނުބައި ޖަރީމާތަކާއި މަސްތުވާތަކެއްޗަށް އެކުއްޖާ ފަސޭހަކަމާއެކު
ވަދެގަނެއެވެ.
ޅަފަތުގެ ތަރުބިއްޔަތަކީ އިސްލާމީ
އުސޫލުތަކާ އެއްގޮތަށް ދެވިފައިވާ ތަރުބިއްޔަތަކަށް ވާނަމަވެސް އާއިލާތަކުން
ބިނާވެފައިވާ މުޖުތަމަޢުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ކުށްތައް
ނެތިގެންދާނެއެވެ. ނަމަވެސް އަދުގެ ކޮންމެ ގެއަކުން ފެނިގެންދަނީ ގޭގެ އެންމެ
ތުއްތު ކުއްޖާވެސް ޓީވީ ކައިރީ ތަފާތު ފާޑުތަކުގެ ކާޓޫނުތަކާއި ނުބައި މެސެޖުތައް
ދޭހަވާފަދަ ފިލުމުތައް ބަލަން އިންނަ މަންޒަރެވެ. މިކަމުގައި ނަމާދު ވަގުތެއް
އެހެންވަގުތެއް ނޯވެއެވެ. މިގޮތަށް ކަންތައްވީކަމުގައި ވިނަމަވެސް މައިންބަފައިން
ބުނަނީ އެ ބެލުމުން ދަރިންނަށް އިނގިރޭސިބަސް ދަސްވާނެކަމުގައެވެ. އެހެންނަމަވެސް
ކަންތައްވަނީ އެގޮތަކަށް ނޫނެވެ. ކުއްޖާއަށް ގޯސް އާދަތައް ދަސްވެ ރަނގަޅު
ގޮތުގައި ކުއްޖާ ހެދިބޮޑުވުމަށް އެކަމުން އަސަރުކުރެއެވެ. މިހެންކަމުން އިސްލާމީ
ތަރަޙައިގެ ތެރެއިން ތަރުބިއްޔަތު ނުވުމުން އެކުއްޖާ ބޮޑުވެ މުޖުތަމަޢަށް
ނުކުންނަނީ ލަފާނޫން
މީހެއްގެ ގޮތުގައެވެ.
މީހެއްގެ ގޮތުގައެވެ.
ރާއްޖޭގެ އަދުގެ ނަމާން
މުޖުތަމަޢު ރަނގަޅުކުރުމަށް ދަރިންނަށް މައިންބަފައިންގެފުށުން ދެވޭ ތަރުބިއްޔަތު
ދީނީ ގިއުގަނޑުގެ ތެރެއިން ދިނުމުން މުޖުތަމަޢަށް ފާގަތި އަސަރުކުރާ ބީދައިން
ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވޭ އިހުމާލުވުން މައިންބަފައިން ހަނދާން
ނައްތައިލައިގެން ނުވާނެއެވެ. މިގޮތުން މައިންބަފައިންނަށް ނޭނގި ދަރިން އަދަބާ
ޚިލާފުކަމެއް ކޮށްފާނެކަމަށް އަބަދުވެސް ބަލަންޖެހެއެވެ. މިގޮތަށް ކަންތައްވުމުން
ހަމަގައިމުވެސް އެކުއްޖާ ބޮޑުވާނީ ހަރުދަނާ އަޚުލާޤެއްގެ މަތީގައެވެ.
އެހެންވުމުން، މުޖުތަމަޢަށް ލާބަހުރި މީހަކު ކަމުގައި އެކުއްޖާވެދެއެވެ.
މައިންބަފައިން ދަރިން
ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބަޔަކަށް ވެއްޖެނަމަވެސް ހެދިބޮޑުވާ ކުއްޖާގެ
ފުށުން ރިވެތިގޮތްތަށް ފެނި މުޖުތަމަޢަށް ހެޔޮއަސަރު ކުރާނެކަމީވެސް ޝައްކެއް
ހުރިކަމެއް ނޫނެވެ. އެހެނީ ކުޑަޞާބު އެންބުރޭނީ ބޮޑުޞާބު އެނބުރޭ ގޮތަކަށް ކަމަށްވުމުން
މައިންބަފައިން ހަރުދަނާ ވެއްޖެނަމަ ދަރިންވެސް ހަރުދަނާވާނެއެވެ. ދަރިން
ހަރުދަނާވެއްޖެނަމަ މުޖުތަމަޢު ހަރުދަނާ ވާނެއެވެ. ދެން މުޖުތަމަޢު ހަރުދަނާވުމަކީ
ޤައުމު އަމާންވުން ނޫންތޯއެވެ؟
ދިވެހި
މުޖުތަމަޢަށް ކުރިމަތިވެފައިވާ ނާމާންކަން އަމާންކަމަށް ބަދަލުކުރެވޭނީ
މުޖުތަމަޢުގެ ފެށުން ހަރުދަނާވެ ރަނގަޅު ވެގެންނެވެ. އެ ފެށުމަކީ ކުދިކުދި
އާއިލާތަކަކުން ނުކުންނަ ތަރުބަވެތި ހެޔޮލަފާ ކުދިންތަކެކެވެ. އެ ކުދިންތައް
ބޮޑުވެ މުޖުތަމަޢުގެ ބިންގާ އެޅިގެންދާނީ ވަރަށްވެސް އުފާފާގަތި ކަމާއެކުގައެވެ. ސަބަބަކީ ހުރިހާ ކުށްތަކާއި ނުބައި ޢަމަލުތަކުން މުޅި
މުޖުތަމަޢު އެއްކިބާވެފައި ވާތީއެވެ. އެހެންކަމުން، ދިވެހިންގެ މުޖުތަމަޢު
އިސްލާޙުކުރުމަށް ކޮންމެ ދިވެހި މަންމައަކާއި ދިވެހި ބައްޕައަކީ ވަރަށް އިސްރޯލެއް
އަދާކުރަން ޖެހިފައިތިބި ބައެކެވެ. އެއީ ދަރީން ރިވެތިގޮތުގައި ތަރުބިއްޔަތު
ކުރުމުގެ މަސްއޫލިއްޔަތެވެ. މިކަންކޮށްގެން ނޫނީ މި ކުޑަ ދިވެހިރާއްޖޭގެ އަދުގެ
ޙާލަތު ބަދަލު ނުވާނެއެވެ.
0 ޚިޔާލު :
Post a Comment