މަތީސާނަވީގައި ދިވެހި ތާރީޚް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ކުރާނެފައިދާ

ދިވެހި ބަހަކީ މަދަރުސާތަކުގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އަބަދުވެސް ކިޔަވައިދެމުން ގެންދާ މާއްދާއެކެވެ. ދިވެހި ބަސް ކިޔަވައިދިނުމުގައި ދިވެހި ތާރީޚާއި ޘަޤާފަތާޢި އާދަކާދައާއި ޅެންވެރިކަމާއި އަދަބިއްޔާތު ހިމަނާފައިވެއެވެ. ނަމަވެސް ހުރިހައި ބައިތަކެއް ފުރިހަމައަށް ހިމެނިފައެއް ނުވެއެވެ. ހިމެނިފައިވާ ބައިތަކުގެ     ތެރެއިންވެސް ދިވެހި ތާރީޚު ހިމެނިފައިވަނީ ވަރަށްވެސް ކުޑަކޮށެވެ. ދިވެހި ތާރީޚު ވަކިމާޢްދާއެއްގެ ގޮތުގައި     މަތީސާނަވީގެ ދަރިވަރުންނަށް ކިޔަވައިދޭނަމަ ތާރީޚުގެ ބޮޑުބައި އޮޅުންފިލައި ކާބަފައިންގެ ޝަޚްޞިއްޔަތު       އޮޅުންފިލުމާއި ދިވެހިބަސް ކުރިއެރުމާއި     ފަދަ އެތަކެއް ފައިދާތަކެއްކުރާނެއެވެ.                   
                                                       
    ދިވެހި ކާބަފައިންގެ އަސްލު ޝަޚްޞިއްޔަތު އެންމެ ފަސޭހަކަމާއެކު ދަރިވަރުންނަށް އޮޅުންފިލުވައި ދެވޭނެގޮތަކީ    ވަކިމާއްދާއެއްގެ ގޮތުގައި ދިވެހިތާރީޚު ކިޔަވައިދިނުމެވެ. އެގޮތުން ކުރީގެ ދިވެހިންގެ މުރާލިކަމާއި ހީވާގިކަން ތާރީޚުގެ ތެރެއަށް ނަޒަރުހިންގައިލުމުން ފެނިގެން ދާނެއެވެ. އެހެންކަމުން ކުރީގެ ދިވެހިންގެ ވާހަކަތައް އެނގި އެއިން ޢިބުރަތް ހޯދައިގަނެ އަންނަންއޮތް ދިވެހި ޖީލަށް އެވާހަކަތައް ފޯރުކޮށްދިނުމަށް މަގު ފަހިވެއެވެ. ހަމައެފަދައިން އެއީ ދަރިވަރުންވެސް ނަމޫނާއަކަށްބަލައި އެއިން ފިލާވަޅު ލިބިގަތުމަށްވެސް އެންމެ އެކަށީގެންވާ ގޮތެވެ. ސަބަބަކީ އަދުގެ ދިވެހި ދަރީންނަކީ މާދަމާ މިގައުމުގެ ތާރީޚް ފުރިހަމަގޮތުގައި އަންނަންއޮތް ޖީލާހަމައަށް ފޯރުކޮށްދޭން ތިބިދަރީން ކަމުގައި ވުމެވެ.      
    މަތީސާނަވީގައި ދިވެހި ތާރީޚު ވަކިމާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ކާބަފައިންގެ ވާހަކަތަށް އިނގުމުގެ އިތުރުން ދިވެހި ތާރީޚުގެ ބޮޑުބައި އެންމެ ފުރިހަމަގޮތުގައި އޮޅުންފިލައިދާނެއެވެ. މިޒަމާނުގެ ދިވެހި ދަރިވަރުންނަށް ދިވެހިރާއްޖޭގެ ތާރީޚުން ކުޑަ މިންވަރެއްނޫނީ ނޭނގެއެވެ. އަދި އިނގިފައިވާ އެއްޗެއްވެސް ގިނަފަހަރަށް އޮންނަނީ ހަނދާންނެތިފައެވެ. ނަމަވެސް ތާރީޚު ވަކިމާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ ދިވެހިތާރީޚަށް ދަރިވަރުން ހޭލުންތެރިވެ ތާރީޚީ މައުލޫމާތު އިތުރުވެގެންދާނެއެވެ. އެހެންކަމުން ދިވެހިދަރިންނަކީ ފުރިހަމަ ތާރީޙެއްއޮތް ބަޔަކަށްވުމުން ފަޚުރުވެރިކަމާއެކު ދިވެހި ތާރީޚަށް ޚާއްޞަ ޤަދަރަކާއި މަޤާމެއް ލިބިގެންދާނެއެވެ.                                         
    ދިވެހިތާރީޚުގެ ބޮޑުބައި ދަރިވަރުންނަށް އިނގުމުގެ ސަބަބުން ކުރާނެ އެންމެބޮޑު ފައިދާއަކީ ދިވެހިބަހަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔުމެވެ. އެހެނީ ތާރީޚަކީ ދިވެހިބަހުގެ އެއްބައެވެ. ވުމާއެކު ދިވެހި ތާރީޚު އުނގެނި ކުރިއަރައި ދިޔުމަކީ ދިވެހިބަސްވެސް ކުރިއަރައިދިޔުމެވެ. އެހެންވެއްޖެނަމަ ދިވެހިތާރީޚަށް ލޯބިކުރާ ދަރީންތަކެއް އުފެދި އެކި ރޮނގުރޮނގުން ބަސްކުރިއެރުވުމަށް ތަފާތު މަސައްކަތްތައް ކުރާނެއެވެ. އެހެންކަމުން ދިވެހިތާރީޚުގެ ފުރިހަމަކަން ދަރިވަރުންނަށް އިނގި އެއިން ގިނަގުނަ ފައިދާ ލިގަންނާނެއެވެ.                                     
     ތާރީޚީ މައުލޫމާތުގެ ސަބަބުން ދިވެހިބަހަށް ކުރިއެރުން ލިބުމާއެކު ދަރިވަރުން މުސްތަޤުބަލުގައި ކުރިއަށްދާން ބޭނުންވާ ދާއިރާ ދިވެހިބަހާއި ތާރީޚާ ގުޅުންހުރި ދާއިރާއަކަށް ހެދޭނެއެވެ. މިހާރުވެސް ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ފެނިގެންދަނީ އިނގިލިތަކުން ގުނާލެވޭވަރުގެ މަދު ބައެކެވެ. އެގޮތުން ދިވެހިތާރީޚު ހާއްޞަކޮށް މަތީ ސަނަވީގެ ދަރިވަރުންނަށް ކިޔަވައި ދެވޭނަމަ ބަހަށް ޚިދުމަތް ކުރުމުގެ ދާއިރާއަށް ވަންނާނެ އައު ބަޔަކު އިތުރުވެގެން ދިޔުމަށް މަގުފަހިވާނެއެވެ.                                                                
     ވަކިމާއްދާއެއްގެ ގޮތުގައި ދިވެހިތާރީޚު، މަތީ ސާނަވީގެ ދަރިވަރުންނަށް ކިޔަވައިދޭނަމަ ދަރިވަރުންނަށާއި ޤައުމުގެ މުސްތަޤުބަލަށާއި ދިވެހިބަހަށް ގިނަފައިދާތަކެއް ކުރާނެއެވެ. އެހެންކަމުން މަތީސާނަވީގެ ދަރިވަރުންނަށް ޚާއްޞަ އަހަންމިއްޔަތުކަމެއްދީ، ދިވެހިތާރީޚު ވަކިމާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަކީ ވަރަށް މުހިތްމު ކަމެކެވެ. އެއީ ދިވެހި ދަރިވަރުންގެ މުސްތަޤުބަލަށް ވިސްނައި ކުރުން އެދެވިގެންވާ އެންމެމުހިތްމު އެއްކަމެވެ.                     

0 ޚިޔާލު :

Post a Comment