މީގޮނަށް ވުމުން ގެރި (ގެރި
މީގޮނަށް ވުމުން)
މީހުވެތިފައި ހުތުރުވެރި (ރިވެތި
މީހުން ހުތުރުވެފައި)
މީމަބުނިދޭ ފިސާތެރި
(މީމަބުނިފިސާރިތެދޭ)
މީދަލެއް ބުޅަލަށް ނުމެރި (ބުޅަލަށް
މީދަލެއް ނުމެރި)
މީރަކު އަނާނެޔޭ ނުފެން (އަމީރަކު ނުފެންނާނެޔޭ)
މީރު ލޮނު ޒަމާނުފެން (މީރުފެން
ލޮނުޒަމާން) (ކަންޒުން އަދަބު) ލަކުޑިފޮތް،21ވަނަރައިވަރު
ޖުމުލަކޮށް މިރައިވަރުގައި ބުނަނީ
ގެރި މީގޮނަށްވެ، ބުޅަލަށް މީދާނުމެރި، ރިވެތި މީހުން ހުތުރުވެފައި، މީރުފެން
ލޮނަށްވާ ޒަމާނުގައި ހެޔޮލަފާ އަމީރަކު ނުފެންނާނެކަމީ ފިސާރި ތެދު
ވާހަކައެއްކަމެވެ. ހަޤީގަތުގައިވެސް ބުނެވި އެދިޔައީ ހަރުދަނާ ވާހަކައެކެވެ. އެއީ
ހުރިހާކަމެއް އޮޅުންލައިގެން ދާހިނދު، އަމުދުން ހެޔޮ ވެރިޔަކު ފެނުމަކީ ނާދިރު
ކަމަކަށް ވާތީއެވެ. އެގޮތުން ވަރުގަދަ މީހުންނާއި މުޖުތަމަޢަށް ލާބަހޯދައިދޭ
މީހުން ނިކަމެތިވެ، ހެޔޮލަފާ ރަނގަޅު މީހުންނަށް އެއްވެސް ދަރަޖައެއް ނުލިބި،
ކުށްވެރިން ގިނަވެ އެމީހުން ހިފައި ހައްޔަރުކުރާނެ ބަޔަކުނެތި، ޤައުމު ފަސާދަވެ
ރިޝްވަތާއި ފާޙިޝް ޢަމަލުތައް ގިނަވެފައިވާ ހިނދެއްގައި ރަނގަޅު ވެރިއެއް ބޭނުން
ވާނެއެވެ. ނަމަވެސް އެފަދަ ވަގުތެއްގައި އެޔޮލަފާ ވެރިއެއް ނުފެންނާނެއެވެ.
ހަމައެހެންމެ ގިނަފަހަރަށް ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފައިވާ
ދަނޑިވަޅެއްގައިވެސް އެކަންތައްތައް ރަނގަޅުކުރާނެ ލީޑަރަކު ނުފެނެއެވެ.
ވެދެނުވާ ހިތަށް ބިރު (ހިތަށް
ބިރު ވަދެނުވާ)
ނެދެ ތަހަދު ކަތުނޭވެރިރު
(ކަތުނޭވެ ތަރިރުހަނދުދެނެ)
ދެކެ ކުކޮށް ވިސްނާށެފިރު (ދެކެ
ފިކުރުކޮށް ވިސްނާށެ)
ތެދެކޭ ހިތާނުވެތި ޅިރު (ތެދެކޭ
ހިތާ ރުޅި ނުވެތި)
ބެދެވި ކަމިގައި އަގެން ދުމަރު (މިއަދު މަކަރުގައި ބެދެވިގެން)
ހެދެވޭ ގޯސްނު މަދުމަރު (ނުމަދު
މަރު ގޯސްހެދެވޭ) {(ކަންޒުން
އަދަބު) ލަކުޑިފޮތް،50ވަނަރައިވަރު}
މައިގަނޑު ގޮތެއްގައި މިރައިވަރުގައި ބުނާ ވާހަކައަކީ
މީހެއްގެ މަކަރުވެރިކަމުގައި ޖެހި އެމީހަކަށް އިތުބާރުކޮށް އެއްވެސް
ބިރަކާއިނުލައި ވިސްނާލުމެއްނެތި ނުބައި ޢަމަލުތައް ކުރެވޭއިރު ތިމާއަށް
މިކުރެވެނީ ގޯސްކަމެއްކަން ނޭނގޭނެ ކަމެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް
ވިސްނައި ފިކުރުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ހަމައެބީދައިން ދުނިޔޭގައި
ލައްވާފައިވާ ތަކެއްޗާމެދު ވިސްނައި ފިކުރުކުރުމުންވެސް ޢިބުރަތްތެރި ފިލާވަޅުތައް
ހޯދައި ދެނެގަނެވެއެވެ. ތިމާގެ ކިތަންމެ ގާތް ރަހުމަތްތެރިއެއް ވިޔަސް
ކޮންމެވެސްކަމެއްގައި މަކަރުހަދައިފާނެއެވެ. ނަމަވެސް ތިމާ އެމަކަރުގައި ބެދި
އޭނާއާއި އެކު ވިޔާނުދާ ކަންތައް ކުރުމުގައި ވަގުތު ހޭދަކުރުމަށް ވުރެ
ރަނގަޅުކަމެއްގައި ވަގުތު ހޭދަކުރުން މާރަނގަޅުވާނެއެވެ. އެގޮތުން ލިބޭ ހުސްވަގުތު
ތަކުގައި ފައިދާހުރި ރަނގަޅު ކަމެއްކުރުމަކީ އެދެވިގެންވާކަމެކެވެ.
0 ޚިޔާލު :
Post a Comment